Friday, November 6, 2009

ރެޖެންޓް ސެވަން ސީސް ފްލޯޓިންގ ފުލެޓްތައް މާލެ އަތުވެއްޖe

ެ

5 ނޮވެމްބަރ 2009

އަލީ ސުލައިމާން (ސީނިއަރ ނިއުސްކާސްޓަރ)


 

ދޫނި ރާއްޖޭގެ ރައީސް އަލީ ނަސީރު ރިޔާސީ އިންތިހާބުގެ 5 ވަޢުދުގެ ތެރެއިން އެއް ވަޢުދު ފުރިހަމަވުމާއި ގާތަށް އަތުވެއްޖެއެވެ. އެއީ ދެކުނު އިރުމަތީ އެމެރިކާގެ ހޮންޑިއުރަސްގެ ސޮޕްންސަރސިޕްތައް މިރާއްޖެ އައި ހިސާބުންނެވެ. ރެޖެންޓް ހަތް ކަނޑު ފަސް ވަޢުދު މާލެ އައީ އިއްޔެ ރޭގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތަށް ބަލާއިރު މިފުލެޓުތަކަށް އެދޭ ފޯމް މިހާރުވަނީ ހައުސިންގ ޑިވެލެޕްމަންޓު ވެބުސައިޓުގައި ސާޢިއުކޮށްފައެވެ. އެޗު.ޑީ.ސީ ގައި މަސައްކަތްކުރާ ނަންހާމަކުރަން އެދޭ ފަރާތަކުން ބުނި ގޮތުގައި މި އެޕާރޓުމަންޓުތައް ހުރީ އަތްލީމަ އަތް ފޯރާ ހިސާބު ކައިރީގައި ދޫނިދޫ ބޭރުގައި ކަމަށެވެ.

އެޕްލިކޭޝަން ފޯމް ޑައުންލޯޑު ކުރެއްވުމަށް ތިރީގައިވާ ލިންކަށް ކުލިކު ކޮށްލައްވާ!!

http://www.hdc.com.mv/includes/tng/pub/tNG_download4.php?KT_download1=c63999be13583ff4ba99447c98064c42



 



Tuesday, October 27, 2009

See his face and his eyes like he had lot!!

Monday, October 26, 2009

ގެއްލުނުހިތް

އުމުރުން އެންމެ 17 އަހަރުގައި ނިޔާޒު އޭނާގެ ލޯބީގެ ހަޔާތްފެށީވަރަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއި އެކުގައެވެ. އާއިލާގެ އެންމެންގެ ރުހުމާއި ރަށްޓެހިންގެ ލޯތްބާާއިވެސް އެކުގައެވެ. ސާއިލާއާއި ނިޔާޒުވެސް އެކަކުއަނެއްކަކާ ނުލައި ނޫޅެވޭނެވަރަށް ވަނީ ލޯބިވެވިފައެވެ. އަބަދުވެސް އުންމީދުކުރަނީ އެ ދެމިހުންގެ ކައިވެނި ވެވޭނެ ދުވަހަކަށެވެ. ނަމަވެސް ވަރަށްކުއްލި ގޮތެއްގައި ނިޔާޒުގެ ބޭބެއެއް އޮޕަރޭޝަން ކުރުމަށްޓަކައި ބޮންބޭއަށް ފުރިއެވެ. ނިޔާޒުގެ ބޭބެގެ އޮޕަރޭޝަން ފުރަތަމަ ފަހަރު ކާމިޔާބުވިއެވެ. ނަމަވެސް ޓަކުޓަރުގެ އެދުމުގެ މަތިން ނިޔާޒުމެން 3 މަސްދުވަހަށް ބޮންބޭގައި މަޑުކުރިއެވެ.

ނިޔާޒުއާއި ސާއިލާ ވަނީ ކިތައްމެއްދުރުގައި ކަމުގައިވިޔަސް އެދެމީހުންގެ ސިޓީތަކުގެ ސަބަބުން ދެމީހުންވަނީ ކައިރިކޮށްދީފައެވެ. އެއްދުވަހަކު ނިޔާޒުއަށް ސާއިލާގެ ސިޓީއެއްލިބުނެވެ. ސާއިލާ މުތިތްމު ބޭނުމަކަށްޓަކައި އިރާގުގެވެރިރަށް ބަގުދާދަށް ފުރާވާހަކަ އާއި އެތާގައި އޭނާހުންނާނީ ޤާސިމްބިލްޑިންގގެ 12 ވަނަ ބުރީގެ 111 ނަންބަރު ކޮޓަރީގައިކަމުގައެވެ. އަދި ސާއިލާ މަހެއްހާދުވަހުގެ ތެރޭގައި އަންނާނެކަމާއި އޭނާއަށް އިންތިޒާރުކޮށް ދިނުމަށް އެދިފައިވެއެވެ.

ނިޔާޒު ބޮޑުބޭބެގޮވައިގެން ދިއްލީއަށް އެނބުރި އައީ ކިތައްމެއް ހިތްހަމަޖެހިގެން ކަމުގައިވިޔަސް އޭނާއަށް ސާއިލާއާއި ނުލައި އުޅުންވީ ވަރަށް އުނދަގޫކަމަކަށެވެ. ސާއިލާގެ ޚަބަރެއް އަދި ސިޓީ އެއްވެސް ނުލިބިގެން އުޅެނިކޮށް އެއްދުވަހަކު ވަރަށްބައިވަރު ސިޓީތަކެއްލިބުނެވެ. އޭގެ ސުޓޭންޕާއި އެޑްރެސް ފެނުމުގެ ކުރިން ނިޔާޒު ހީކުރީ އެއީ ސާއިލާ ނިޔާޒުއަށް ފޮނުވި ސިޓީތަކެއްކަމަށެވެ. ނަމަވެސް ކަންވީ އެހެނެއްނޫނެވެ.ކޮންމެ ސިޓީއެއްގައިވެސް ބަގުދާދުގެ ޕޯސްޓުއޮފީހުން ސާއިލާ އެ އެޑުރެހުގައި ނޫޅޭކަމަށް ލިޔެފައިއޮވެއެެވެ.

ދުވަސްތައް މާޒީއާއި އެކުވެގެންގޮސް މިހާރު 14 އަހަރުވެއްޖެއެވެ. ނިޔާޒު އޭނާގެ ގެއްލިފައިވާ ހިތް ހޯދުމަށް ދެތިންފަހަރެއްގެ މަތިން އިރާގައްވެސް ދިޔައެވެ. ނަމަވެސް އިރާގުގެ އެއްވެސް ރަށަކަށް ސާއިލާކިޔާކުއްޖަކު ނާންނަކަމަށް ކަމާބެހޭ އޮފީސްތަކުން ބުންޏެވެ. ނިޔާޒު ސާއިލާ ފެންނާނެ ކަމުގެ އުންމީދުގައި އަނެއްކާވެސް ދިއްލީއަށްއައީއެވެ.